އެމްކިއުއޭގެ ޕްރޮގްރާމް އޮޑިޓު ނުހަދައި، ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒަކަށް ނޯޓިސް ދީފި
ސަން
7 އޯގަސްޓު 2025 | ބުރާސްފަތި | 3:43
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި ނޯޓިސް ދީފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ވަނީ، އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ފުރިހަމަނުކޮށް، ބައެއް މަރުކަޒުތަކުގެ ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހަމައެހެންމެ، ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ހުއްދައާއި އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، މޮބައިލްކޮށް ރަށްރަށުގައި ކުރިން އެޕްރޫވްކޮށްފައި ހުރި ޕްރޮގްރާމުތައް ހިންގައި، ސަނަދު ދޭކަން އެމްކިއުއޭގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ.