ގްރާންޓް ލިބޭ ދަނޑުވެރިންނާއެކު އެގްރީމެންޓް ހަދަން ފަށައިފި

ސަން

8 އޯގަސްޓު 2025 | ހުކުރު | 1:44

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ދަނޑުވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށް ދިނުމަށްޓަކައި, އެސްޑީއެފްސީ އާއެކު ހުޅުވާލި ގްރާންޓް ސްކީމަށް ކުރިމަތިލި ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މެޕްއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި, އިންޓާނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެވެ.

މި ސްކީމްގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. މި ފުރުސަތުގައި ޖުމްލަ 68 ދަނޑުވެރިން ގްރާންޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މައުޟޫޢުތަށް