ބަޔަކު ސްޓެލްކޯގެ ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލަ ބަލަނީ
ސަން
8 އޯގަސްޓު 2025 | ހުކުރު | 3:01
ފަރީދީ މަގު، ގަޑި ބުރު ކައިރީގައި ސްޓެލްކޯ ސަބްސްޓޭޝަނަށް ބަޔަކު ވަދެ، ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލަ ފުލުހުން މިއަދު ތަހުގީގުކުރަން ފަށައިފިއެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:46 ހާއިރެވެ.
އެކަން ތަހުގީގުކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ހާމައެއް ނުކުރެއެވެ.