އޮޅު ހިޔާގައި ތިބި ބުޅާތަކަށް މިހާތަނަށް ކުރި ޚަރަދު ފަސް ލައްކައަށްވުރެ ގިނަ

ސަން

8 އޯގަސްޓު 2025 | ހުކުރު | 8:43

ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ 'އޮޅު ހިޔާ'އާ ހަވާލުވި ފަހުން، މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އޮޅު ހިޔާއާ ހަވާލުވީ، މިއަހަރުގެ ފެބްރުއަރީ 26ގައެވެ. އޭގެފަހުން، ފުރަތަމަ އެ ފެސިލިޓީއަށް ނެގީ 15 ބުޅަލެވެ.

އެ ފެސިލިޓިއާ ގުޅޭގޮތުން މައުލޫމާތު ހޯދަން 'ސަން'އިން ހުށަހެޅި އާރްޓީއައިއަށް މިނިސްޓްރީން ވަނީ ޖަވާބުދީފައެވެ. މިނިސްޓްރީން ބުނި ގޮތުގައި، މިހާތަނަށް އެ ފެސިލިޓީއާ ހަވާލުވި ފަހުން 570،695.26 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މައުޟޫޢުތަށް