ތުރުކީން ރާއްޖެއަށް ހަދިޔާކުރި މިސައިލް ބޯޓު ގެނެސްފި
ސަން
9 އޯގަސްޓު 2025 | ހޮނިހިރު | 3:57
ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރާ މަނަވަރު ނުވަތަ މިސައިލް ބޯޓު ރާއްޖެ ގެނެސްފިއެވެ.
"ސަން"އަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މި މަނަވަރު ރާއްޖެ ގެނެސްފައި ވަނީ، ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއާ"އަކަށް ލައިގެންނެވެ.
މި ބާވަތުގެ އުޅަނދަށް ކަނޑުއަޑީގައި ދުއްވާ ސަބްމެރީންފަދަ އުޅަނދުތައް ވެސް އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ.