ޒަކިއްޔާގެ މަރު: ތަހުގީގުގައި އިހުމާލުވިކަމަށް ބުނެ، ފުލުހުންނަށް ދައުވާކުރަން މަޝްވަރާކުރަނީ

ސަން

9 އޯގަސްޓު 2025 | ހޮނިހިރު | 9:04

މީގެ 11 މަސް ކުރިން ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހްގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ޤަބޫލުކުރާތީ ފުލުހުންނަށް ދައުވާކުރުމާ މެދު މަޝްވަރާކޮށްފިއެވެ.

ޒަކިއްޔާގެ ތަހުގީގާ ގުޅޭގޮތުން އެންއައިސީން ފުލުހުންނަށް ކުރާ ތުހުމަތުތަކަކީ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލުތައް ހިންގުމާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ބޭނުންކުރުމާއި، އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމާއި، ގާނޫނު ހިންގުމަށާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.

ޑިއުޓީ ޕްރޮސެކިއުޝަނަށް އެންއައިސީން މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މައުޟޫޢުތަށް