އިސްލާމީ ފައިނޭންސްއަށް ޒުވާނުން ހޭލުންތެރިކުރަން ފެސްޓިވަލްއެއް، ފައިސާގެ އިނާމު ލިބޭނެ

ސަން

10 އޯގަސްޓު 2025 | އާދިއްތަ | 11:37

އިސްލާމީ ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން 'ތަމްވީލް ފިންލިޓް ފެސްޓް 2025' ތައާރަފުކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގައި ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށާއި އިސްލާމިކް ފައިނޭންސްއަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، މުޅި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމައެއް ބިނާކުރުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި ފެސްޓިވަލް އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މައުޟޫޢުތަށް