އެންސިސް ގަންނަނީ ބައި އަޅައިގެން، 'ޑީލަށް' ފަހު ޒަމީރު އިސްތިއުފާ ދެއްވާނެ: ޔާމީން

ސަން

11 އޯގަސްޓު 2025 | ހޯމަ | 12:27

ހުޅުމާލޭގައި އެންސިސް ކުންފުނިން ހުޅުވި ކޭނަރީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ގެނައުމުގެ ހުންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކަމަށާއި، އެކަމުގެ މަންފާ ނަންގަވައި، އެ ޑީލް ނިންމެވުމަށްފަހު މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ތުހުމަތުކުރައްވައިފިއެވެ.

ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށް އެންސިސް ކުންފުނިން ހުޅުވި ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު، މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. އެހެންވެ އެ ކޭނަރީ ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

ކަން އެހެން އޮއްވައި، އެ ކުންފުނި ގަނެ، މިފްކޯގެ ދަށަށް ގެނައުމުގެ މަޝްވަރާ ފަށާފައިވާކަން މިފްކޯއިން އިއުލާނުކުރީ އިއްޔެއެވެ.

މައުޟޫޢުތަށް