ކައިވެނި ކުރަން އެދޭއިރު ތެލެސީމިއާ ކާޑު ހުށަހަޅަން ސަމާލުކަމެއް ނުދޭ: ކޯޓްތައް
ސަން
11 އޯގަސްޓު 2025 | ހޯމަ | 1:21
ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން، ގިނަ މެޖިސްޓްރޭޓް ކޯޓުތަކަކުން ހަނދާންކޮށްދޭން ފަށައިފިއެވެ.
ވަކިވަކިން ގިނަ މެޖިސްޓްރޭޓް ކޯޓްތަކަކުން ކޮށްފައިވާ އިއުލާންތަކެއްގައި ބުނެފައިވަނީ މާރިޗު, 15, 2025ގެ ފަހުން "ކައިވެނި ކޮށްދިނުމަށްއެދި ހުށަހަޅާ ފޯމު"އާ އެކު ތެލަސީމިއާ ކާޑު ހުށަހަޅަން ޖެހޭނެކަމަށް ފޯމުގައި ބުނެފައިވީ ނަމަވެސް މިކަމަށް އެއްވެސް ސަމާލުކަމެއް ނުދީ, ފޯމު ހުށަހަޅަމުން އަންނަ ކަމަށެވެ.
ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލަސީމިއާ ކާޑު ހުށަހަޅަން ޖެހޭނެ ކަމަށާއި ތެލަސީމިއާ ކާޑު ހުށަނާޅާނަމަ މީގެ ފަހުން ފޯމު ބަލައިނުގަންނާނެ ކަމަށް ކޯޓުތަކުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.