ކަމަދޫ ސްކޫލުގައި ކްލާސްރޫމް އަޅަން ދިނީ ސޯޝަލް ހައުސިންއަށް ޚާއްސަ އެފްޑީސީއަށް
ސަން
11 އޯގަސްޓު 2025 | ހޯމަ | 2:03
ބ. ކަމަދޫ ސްކޫލުގެ ދެ ކްލާސްރޫމް އަޅަން، ސޯޝަލް ހައުސިން އެޅުމުގެ މަސައްކަތް ކުރާ ސަރުކާރު ކުންފުންނި ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބ. އަތޮޅަށް މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލެވެ.