އިންތިޚާބުގައި ކުރި އިތުބާރުގެ ނަތީޖާ ދައްކާނަން: ރައީސް
ސަން
11 އޯގަސްޓު 2025 | ހޯމަ | 3:23
ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ދިން ތާއިދާއި އިތުބާރުގެ ނަތީޖާ ދައްކައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޑަރިކިލަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ކުޑަރިލިކުގެ ރައްޔިތުން ދެއްވި ތާއިދާއި އިތުބާރަށް ޝުކުރު ދަންނަވާފައެވެ.