ކަދުރު ރުކުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް މާރިޔާ ގޮވައިލެއްވީ އަތޮޅުތަކުގައި ދިވެހި ރުއް އިންދުން ހަލުވިކުރަން
ސަން
11 އޯގަސްޓު 2025 | ހޯމަ | 10:10
މި ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކައިރީގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރުއް އިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ގޮވައިލައްވައިފިއެވެ.
ވީއައިއޭއިން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އައު ޓާމިނަލް ކައިރީގައި އިންދާފައިވާ ގަހުގެ ތެރޭގައި ގިނަ އަދަދެއްގެ ކަދުރު ރުއް ހިމެނެއެވެ.
ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދި ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދައި، ބޭރު ރުއް އިންދުމުން ދިވެހިވަންތަކަން ގެއްލޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރިއެވެ.