މަޖިލީހުގެ ދައުރު ދަންމާލަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން
ސަން
12 އޯގަސްޓު 2025 | އަންގާރަ | 10:31
ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަފުތާއަކަށް ދަންމާލަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވާފައިވާއިރު އެކަން ކުރައްވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށް, މަޖިލީހުގެ މެޖޯރިޓީ ޕާޓީ, ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެއެވެ.
މިހާރު އޮތްގޮތުން މި ހިނގާ މަޖިލީހުގެ ދައުރު މި އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ. އެއާއެކު މަޖިލިސް ދާނީ ޗުއްޓީއަކަށެވެ.
ނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މަޖިލީހުގެ ދައުރަށް އިތުރު ހަފުތާއެއް އިތުރު ކުރަން ހުށަހަޅުއްވައި މިއަދު ވޯޓް ގަޑީގައި ވޯޓަށް އަހާނެކަން އިއުލާން ކުރައްވައިފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މަޖިލީހުން ރިޔާސަތުގެ އެ ހުށަހެޅުން ފާސްވާނެކަން އެއީ ޔަގީން ކަމެކެވެ.