ހައްޖު ކޯޓާ އޮޅުވާލާކަމުގެ ތުހުމަތުތައް, މިނިސްޓަރު ވިދާޅުވީ އެކަން ނުހިނގާ ކަމަށް

ސަން

12 އޯގަސްޓު 2025 | އަންގާރަ | 11:01

ހައްޖަށް ދިވެހީން ގެންދިއުމުގައި ކޯޓާ ހަވާލުކުރަނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި، ކޯޓާއިން ވައްކަންކޮށްފައި ނޯންނާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ، ޕްރައިވެޓް ހައްޖު ކުންފުނިތަކުން ދެމުން އައި ޚިދުމަތްތަކަށް ހައްޖު ކޯޕަރޭޝަން ވުޖޫދުވުމަށްފަހު އިންގިލާބީ ބަދަލެއް ގެނައި ކަމަށާއި، އެގޮތުން ހައްޖާޖީން ހައްޖަށް ދައްކަން ޖެހޭ ވަރަށް ވުރެ އިތުރަށް ދައްކަން ނުޖެހޭ ގޮތަށް ވަކި އުސޫލުތަކެއްގެ ތެރެއިން ކޯޓާ ދޫކުރަމުން އަންނަ ކަމަށެވެ.

ހައްޖު ކޯޓާ ދެފުށް ފެންނަ ގޮތަކަށް ދޫކުރުމަށް ޓަކައި ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާ އަށް ބަލައި ހައްޖު ކޯޕަރޭޝަންގެ ޚިދުމަތް ފެށީ އެކަށޭނަ އުސޫލުތަކެއްގެ ތެރެއިން، ފައިސާ ދައްކާ ތަރުތީބުން ކޯޓާ ދޫކުރާ ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް