ޖުލައި މަހު ހުރިހާ އަތޮޅެއްގައި ޑެންގީ ހުން އިތުރުވިއިރު ރޯގާގެ ކޭސްތައް ދަށް
ސަން
12 އޯގަސްޓު 2025 | އަންގާރަ | 11:42
ޖޫން މަހާ އަޅައިބަލާއިރު ނިމިދިޔަ ޖުލައި މަހު، އަރިދަފުސް ރޯގާގެ ކޭސްތައް ދަށްވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު ޑެންގީ ހުން ޖެހިގެން 188 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ޖޫން މަހު 168 ކޭސް ރިޕޯޓުކުރިއެވެ.
ޖޫން މަހާ އަޅައިބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 20 ކޭސް އިތުރަށް ރިޕޯޓުކުރިއިރު އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑެންގީ ހުން އިތުރުވެފައި ކަމަށެވެ.