އިއްޔެ ހަވާލުކުރި ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން މިއަދު ފަށައިފި

ސަން

12 އޯގަސްޓު 2025 | އަންގާރަ | 1:33

ބ. ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓު ގާއިމުކުރުމަށް އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ތުޅާދޫ އެއާޕޯޓު ބިން ހިއްކުމުގެ އައު އެއްބަސްވުމުގައި ސޮއިކުރީ، 2023 ވަނަ އަހަރު ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމުގެ ގޮތުން ސޮއިކުރި އެއްބަސްވުން ބާތިލުކުރުމަށްފަހެވެ.

މި މަސައްކަތް ހަވާލުކުރީ، ދައުލަތުގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މައުޟޫޢުތަށް