ލިވަޕޫލުން ސަޕޯޓަރުންނަށް ފޮނުވި މެއިލްތަކަކުން ވިޒިޓް މޯލްޑިވްސް ސައިޓްގެ ޓްރެފިކް 400 ޕަސެންޓް އިތުރުވެއްޖެ
ސަން
12 އޯގަސްޓު 2025 | އަންގާރަ | 4:25
ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލް އެފްސީއާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ކުރިއަށްގެންދާ ކެމްޕޭންގެ ދަށުން، ފާއިތުވި ހަފުތާގައި ލިވަޕޫލް ސަޕޯޓަރުންނަށް ފޮނުވި އީމެއިލްތަކަކުން ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓްގެ ޓްރެފިކް 400 ޕަސެންޓް އިތުރުވެފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، މި މަހުގެ 15ގައި ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނަށް މިހާރު ލިވަޕޫލުން ތައްޔާރުވަމުން އަންނައިރު، ލިވަޕޫލްގެ ގިނަ ހޯމް މެޗުތަކުގައި އިނގިރޭސިވިލާތުގެ އެންފީލްޑް ސްޓޭޑިއަމްގެ އެލްއީޑީ ބޯޑުތަކުން ރާއްޖޭގެ ބްރޭންޑް ފެންނާނެ ކަމަށެވެ.
އޭގެ ސަބަބުން ލައިވް މެޗުތަކާއި ޑިޖިޓަލް މަންސަތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 މިލިއަން ބެލުންތެރިންނަށް ރާއްޖެ އިސްތިހާރުކުރެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.