''އީޕީއޭއަށް މިހާތަނަށް އޮތް މިނިވަންކަން ވެސް ދެން ނޯންނާނެ''

ސަން

12 އޯގަސްޓު 2025 | އަންގާރަ | 4:39

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން ބަދަލުކޮށް، އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ގޯހުން ގޯހަށް ކުރި ކަމެއްކަމަށް ބުނެ ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެކްޓިވިސްޓުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމަށް ބަދަލުކުރުމަށްފަހު ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެެ.

އީޕީއޭއަކީ އަބަދުވެސް އިތުރު ބާރުވެރިކަން ހޯދުމަށް ވަކާލާތުކުރި އެޖެންސީއަކަށްވީއިރު، މިއަދު ގެނައި ބަދަލާއެކު މިހާރު މަޝްރޫއުތައް ހިންގުމުގެ ކުރިން ތިމާވެއްޓާ ކުރާނެ އަސަރު ނުވަތަ އީއައިއޭ ހެދުމުގެ ބާރު އީޕީއޭއަށް އޮތް އޮތުން ވަނީ ހަނިކޮށްފައެވެ.

މައުޟޫޢުތަށް