މުޅި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް އަނެއްކާ ވެސް ދެއްވައިފި
ސަން
12 އޯގަސްޓު 2025 | އަންގާރަ | 7:14
ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގައި ގިނަ މަޝްރޫއުތައް ފަށައި، ނިންމޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އަނެއްކާ ވެސް ދެއްވައިފިއެވެ.
ބ. ފެހެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ، ރައްޔިތުން ގާތުގައި ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ އިޚުލާސްތެރި ހެޔޮ ނިޔަތުގައި ކުރުމަށް އަޒުމު ކަނޑައަޅައިގެން ވެވަޑައިގަންނަވާ ވައުދުފުޅުތަކެއް ކަމަށެވެ.
އެގޮތުން، މިހާރު ފެންނަނީ ރާއްޖޭގެ އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ އެކުވެސް ތަރައްގީގެ މަޝްރޫއުތައް ފަށާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.