ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކޮށް، ބޭނުންވާ ގޮތަށް ކަންކަން ކުރުން: ރައީސް
ސަން
12 އޯގަސްޓު 2025 | އަންގާރަ | 11:44
ރަށްރަށަށް ދަތުރުތައް ކުރަން ބޭނުންފުޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ވާހަކަތައް އަޑުއަހައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރިއަށް ގެންދަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ފުޅަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، އެރަށުގެ ތަރައްގީއަށް ބޭނުންވެފައިވާ ހުރިހާ މަސައްކަތެއްގެ ތައްޔާރީތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އެމަނިކުފާނު ވަނީ، ރަށްރަށަށް ދަތުރުތައް ކުރައްވާ ސަބަބު ވެސް ހާމަކުރައްވާފައެވެ.