7 އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލާޝިޕް ދެނީ
ސަން
13 އޯގަސްޓު 2025 | ބުދަ | 11:14
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލާޝިޕް ދިނުން އަލުން ފަށާނެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ސްކޯލާޝިޕްތައް ހަވާލުކުރުމުގެ ހަފުލާ މި މަހު 16ވާ ހޮނިހިރު ދުވަހު ބާއްވާނެއެވެ.
މި ކަމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، މިއީ ތާރީޚީ ގޮތުން ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.