އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުއްޓާ ސޯޝަލް މީޑިއާއިން ނުފެންނާނެ: ޚަލީލް

ސަން

13 އޯގަސްޓު 2025 | ބުދަ | 11:38

އިދިކޮޅުގައި ތިއްބެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން، އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވާ މަންޒަރު ސޯޝަލް މީޑިއާއިން ފެނިވަޑައިނުގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، "އިންޑިއާ އައުޓް" ކެމްޕެއިންގައި އެ އިބާރާތުގެ ޓީޝާޓެއް ތުރުކުރައްވައިގެން ވަޒީރު ހުންނެވިންތޯ، އަދި އިންޑިއާއާ އެކީ ޚާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރިތޯ ސުވާލުކުރައްވައިފައެވެ.

"ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއް ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިފައި އޮވެދާނެ. އަޅުގަނޑު އެ ކަމާ ފަޚުރުވެރިވަން،" ޚަލީލް ވިދާޅުވިއެވެ.

މައުޟޫޢުތަށް