ޓޫރިޒަމް އެއްބަސްވުން އުވާލައި މާމަޑުއްވަރީ އަލުން ހިތާދޫ މީހުންނަށް ދެނީ
ސަން
13 އޯގަސްޓު 2025 | ބުދަ | 12:25
މީގެ ކުރިން ބ. ހިތާދޫ ރައްޔިތުން އިގުތިސާދީ އެކިއެކި ބޭނުންތަކަށް ބޭނުންކުރި އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާމަޑުއްވަރީ އަލުން ހިތާދޫގެ ރައްޔިތުންގެ ފައިދާއަށް ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާމަޑުއްވަރީއަކީ މިހާރު ކޯސްޓް ލައިން އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ރަށެކެވެ.
ހިތާދޫގެ ރައްޔިތުން އެ ރަށުގެ ބޭނުން ހިފަމުން ދަނިކޮށް، 2019 ވަނަ އަހަރު އެ ފަޅުރަށް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން އޭރު ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވެސް ފާޅުކުރިއެވެ.