ފުވައްމުލަކުގައި ބާއްވާ އައިލެންޑް ކާނިވަލްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ
ސަން
13 އޯގަސްޓު 2025 | ބުދަ | 4:01
އެޑްވެންޗާ އަޕްއިން އިންތިޒާމްކޮށްގެން ފުވައްމުލަކު ސިޓީގައި ބާއްވާ 'އައިލެންޑް ކާނިވަލް'ގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރު މުޙައްމަދު އާސިފް (މޮންދު)އެވެ. އެޑްވެންޗާ އަޕްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓާ ޝާމް ނަސީރެވެ.
މި ކާނިވަލް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.