ޒަކާތް ބަލައިގަންނަން އައު އިދާރާއެއް މުހިންމެއް ނޫން، ރަނގަޅީ މީރާ މެދުވެރިކޮށް ދެއްކުން: ޝަމްހީދު
ސަން
13 އޯގަސްޓު 2025 | ބުދަ | 5:43
ރާއްޖޭގައި ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށާއި، ޒަކާތް ބަލައިގަތުމަށް އެންމެ ރަނގަޅު ގޮތަކީ ގައުމީ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ. މި ބިލު ގާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ނެގުމުގެ އިދާރީ އެންމެހާ ކަންކަން ރާވައި، ޒަކާތް ލިބޭ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި ޒަކާތް ލުއިފަސޭހަކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ އިދާރާއެއް އުފެދިގެން ދާނެ ކަމަށް ވެސް ބިލުގައި ވެއެވެ. އެ ތަން ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރު ޖެނެރަލަކު ކަމަށް ބިލުގައިވެއެވެ.
://./209897