ލާރި ގޮސްގެން ލާރި ނުލިބެނީ މިހެންވެ، އުއްޗު ވިދާޅުވީ 'އަންހެނުން ބިއްދޮށުގައި އޮވެގެން ނުވާނޭ'
ސަން
14 އޯގަސްޓު 2025 | ބުރާސްފަތި | 1:21
'ލާރި ގޮސްގެން ލާރި ނުލިބެނީ' ކުރަންވާ ގޮތަށް އެކަން ނުކުރާތީ ކަމަށާއި '[އަބަދު] އަންހެނުން ބިއްދޮށުގައި ނިދަން އޮވެގެން [އެކަމެއް] ނުވާނެ' ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
'ލާރި ގޮސްގެން ލާރި ލިބޭނީ،'އަކީ އުއްޗު ވިދާޅުވި ބަސްފުޅެކެވެ. އެހެންވެ، އެއީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ބަސްފުޅެކެވެ. ޚާއްސަކޮށް 'ލާރި ގޮސްގޮސް ވެސް ލާރި ނުލިބޭ' ކަމަށް ބުނެ ބައެއް ޒުވާނުން މަޒާޖީ ގޮތެއްގައި ވަރަށް ގިނައިން އެ ބަސް ބޭނުންކުރެއެވެ.
އެ ބަސްފުޅާ ގުޅިގެން ޔޫޓިއުބް ޗެނަލް 'ދެނޯ؟'ގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ، ލާރި ގޮސްގެން ލާރި ނުލިބެނީ ވިޔާނުދާކޮށް އެކަން ކުރެވޭތީ ކަމަށެވެ.