ގަމުގައި ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި، ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ

ސަން

14 އޯގަސްޓު 2025 | ބުރާސްފަތި | 3:16

ލ. ގަމުގައި މިދިޔަ މަހުގެ ހަވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ، ހެނދުނު 9:12ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މާންދޫއިން ގަމަށް އަރާ ބެންޑުގެ ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

އެ ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭރު ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް