ގިނަ ކައުންސިލުތަކެއް ދެކޮޅު ހަދަނިކޮށް "ބާރުތައް ހަނިވާ"އިސްލާހު ތަސްދީގުކުރައްވައިފި
ސަން
15 އޯގަސްޓު 2025 | ހުކުރު | 12:20
ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރާ ބިލު ތަސްދީގުނުކުރަން އެކި ކައުންސިލްތަކުން އެދިފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ލާމަރުކަޒީ ގާނޫނުގެ އިސްލާހު މިރޭ ތަސްދީގުކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުން ބިލަށް ތާއީދުކުރެއްވިއެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.