ކައްދޫގައި ކަފިހި ހުރަހުން ހުރަސްކުރަނިކޮށް އެކްސިޑެންޓެއް، އަންހެނެއް މަރުވެއްޖެ
ސަން
15 އޯގަސްޓު 2025 | ހުކުރު | 11:49
ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން މިރޭ 19:18 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
މި އެކްސިޑެންޓުގައި ކަފިހި ހުރަހުން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.