ޔާމީން ދެއްކެވީ 'ދޮގު ވާހަކަތަކެއް' ކަމަށް ވިދާޅުވެ، ގާނޫނީ ފިޔަވަޅު އަޅަން މައުމޫން ވިސްނަވަނީ

ސަން

16 އޯގަސްޓު 2025 | ހޮނިހިރު | 11:03

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2018ވަނަ އަހަރު އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހުނީ ސުޕްރީމްކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވުމުން ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް މައުމޫން ރޭ ވިދާޅުވެއްޖެއެވެ.

މިފަހުން 'އަދަދު' ނޫހަށް ދިން އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، މައުމޫން ޖަލަށްލީ ފެބްރުއަރީ އެކެއް، 2018ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ. މިގޮތުން، އެކަމުގައި އުޅުއްވީ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. ޔާމީން އިތުރަށް ވިދާޅުވީ، އެކަމަށް ބޭނުންވާ ފައިސާ ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން މައުމޫން ރޭ ނެރުއްވި ބަޔާނެއްގައި ވަނީ، އެވާހަކަތައް ދޮގު ކުރައްވާފައެވެ. އެއީ، އެމަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ޔާމީން ދައްކަވާފައިވާ 'ދަށު ދަރަޖައިގެ' ވާހަކަތަކެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުޟޫޢުތަށް