ބޭނުން ނުކޮށް، މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް އަނެއްކާވެސް ނަގަނީ

ސަން

16 އޯގަސްޓު 2025 | ހޮނިހިރު | 11:52

ބޭނުން ނުކޮށް، ދިގު މުއްދަތަކަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ ވެހިކަލްތައް އަނެއްކާވެސް ފުލުހުން ނަގަން ފަށައިފިއެވެ.

މީގެކުރިން ވެސް މާލެ ސަރަހައްދުގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުންނަ ވެހިކަލްތައް ނަގައި، ޓޯކުރެއެވެ.

މިއަދު ފުލުހުން ބުނީ، އާންމުންނަށް ދަތިވާހެން ދިގު މުއްދަތަކަށް ބޭނުމެއް ނުކޮށް މާލޭގެ މަގުތަކުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ، މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް