ރައީސްގެ މޭޔަރު ކަމުގައި މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާ ކުޑަ އަގެއްގައި ކަމަށް އާޒިމް ވިދާޅުވެއްޖެ

ސަން

16 އޯގަސްޓު 2025 | ހޮނިހިރު | 4:28

މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ކުއްޔަށް ދީފައި އޮތީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީން ކަނޑައެޅި އަގަށްވުރެ ކުޑަކޮށް ކަމަށް، މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާޒިމް ވިދާޅުވީ، މަސް މާރުކޭޓު ހިންގަން ހަވާލުކޮށްފައިވާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން މިހާރު އޮތް ކައުންސިލުން ކުރިން ނިންމައިފައި އޮތް ކަމަށެވެ.

އެކަމަކު، ކައުންސިލްގެ މިދިޔަ ދައުރުގައި މަސްމާރުކޭޓު ކުއްޔަށް ދީފައި އޮތީ ކަނޑައަޅާފައި އޮތް އަގަށް ވުރެ ކުޑަކޮށްކަން އެނގުމުން އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، އަލުން ބީލަމަށް ހުޅުވާލައިގެން ކޮންޓްރެކްޓަރެއް ހޯދަން ހުށަހަޅުއްވަނީ ކަމަށް އާޒިމް ވިދާޅުވިއެވެ.

މައުޟޫޢުތަށް