ހޯކްސްއިން އަމިއްލަ ކުންފުންޏެއްގެ އެންމެ ބޮޑު ތެޔޮ ޓޭންކަރު ގެނެސްފި

ސަން

16 އޯގަސްޓު 2025 | ހޮނިހިރު | 7:29

ރާއްޖޭގައި ތެލާއި ލޮޖިސްޓިކްސްގެ ޚިދުމަތްދޭ ހޯކްސް ކުންފުނިން، އެ ކުންފުނީގެ އެންމެ ބޮޑު އެއް ތެޔޮ ޓޭންކަރު ގެނެސްފިއެވެ. މިއީ އަމިއްލަ ކުންފުންޏަކުން ވެސް މިހާތަނަށް ގެންގުޅޭ އެންމެ ބޮޑު ތެޔޮ ޓޭންކަރެވެ.

ހޯކްސް ކުންފުނިން ބުނީ، 25.4 މެޓްރިކް ޓަނުގެ ޖާގައިގެ ތެޔޮ ޓޭންކަރު 'ލިބަޓީ' ގަތުމާއެކު، އެ ކުންފުންޏަށް އުޅަނދެއް އިތުރުވެފައިވާ ކަމަށެވެ.

މިއީ އެ ކުންފުންޏަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ރާއްޖޭގެ ތެލުގެ ބޭނުންތައް ފުއްދުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް، ހޯކްސް އިން ބުންޏެވެ.

މައުޟޫޢުތަށް