މާލޭގައި ވެއްޓެން ވެފައި އެތައް އިމާރާތެއް, ކޮންފަދަ ނުރައްކަލެއް

ސަން

17 އޯގަސްޓު 2025 | އާދިއްތަ | 1:33

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ, ވެރިކަން ކުރާ މާލޭގެ އިމާރާތަކުން ބައެއް ވެއްޓި އިއްޔެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު, މިއީ ބޮޑު ވެފައިވާ ނުރައްކަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުން އިތުރުވެއްޖެއެވެ.

އިއްޔެ ވަނީ މާލޭގެ ބުރު ޕާކު ކައިރީގައި ހުންނަ, އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) މީގެ ކުރިން ހިންގި އިމާރާތުގެ ކޮންކްރީޓު ބައިތަކެއް ވެއްޓި، ހަތަރު އުޅަނދަކަށް ގެއްލުންވެފައެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބުނަސް މިފަދަ ކަންކަމަކީ އެތައް ބައެއްގެ ފުރާނައާ ގުޅިފައި ހުރި ކަންކަމެވެ.

އަދި މިއީ މާލޭގައި އާ ކަމެއް ނޫނެވެ. ކުރީގެ އަރަބިއްޔާ ސްކޫލާއި ހުރަވީ ބިލްޑިން ހިމެނޭ ގޮތަށް ދައުލަތުގެ އިމާރާތްތަކުގެ ބައިތައް ވެއްޓި, މީހުންނަށް އަނިޔާވެސް ވެފައި އެބަހުއްޓެވެ. ދައުލަތުގެ އިމާރާތްތަކުގެ އިތުރުން އަމިއްލަ މީހުންގެ ވެސް ވަރަށް ދުވަސްވީ, އަދި ވަރަށް ބާވެފައި ހުރި ގިނަ އިމާރާތްތަކެއް މާލޭގައި އެބަހުއްޓެވެ.

މައުޟޫޢުތަށް