މިރުސް އަގު ހެޔޮވެއްޖެ، އާފަލާއި އޮރެންޖު "ކެވޭ ވަރެއް ނޫން"
ސަން
17 އޯގަސްޓު 2025 | އާދިއްތަ | 11:35
ބާޒާރުގައި ދިވެހި މިރުހުގެ އަގު ހެޔޮވެ، އާފަލާއި އޮރެންޖުގެ އަގު 'ކެެވޭ ވަރަށްވުރެ' މައްޗަށް އުފުލިއްޖެއެވެ.
މިހާރު ބާޒާރުގައި މޭވާއާއި ތަރުކާރީގެ ގިނަ ބާވާތްތަކުގެ އަގުތައް ހުރީ އުފުލިފައެވެ. ކުރިން ފަސް ރުފިޔާއަށް ލިބުނު ފެހި އާފަލެއް 12 ރުފިޔާއަށް ލިބެން ހުރިއިރު، ރަތް އާފަލެއް ވިއްކަނީ 10 ރުފިޔާއަށެވެ. އާފަލުގެ އަގު މައްޗަށް ދާން ފެށިތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފައެވެ.
ކުރިން ތިން ރުފިޔާއަށް ނުވަތަ ހަތަރު ރުފިޔާއަށް ލިބޭ, އޮރެންޖެއް މިހާރު 12 ރުފިޔާއަށް ވިއްކާއިރު، ކުރިން 45 ރުފިޔާއަށް ލިބުނު ކަމްބާ ކިލޯއެއްގެ އަގު މިހާރު ހުރީ 70 ރުފިޔާއަށް އުފުލިފައެވެ.