އަމީނީމަގު ތާރުގަނޑުގައި 'މުލިހިތަކެއް', ބޮޑު އަނިޔާއެއް ލިބުމުގެ ބިރު ބޮޑު
ސަން
17 އޯގަސްޓު 2025 | އާދިއްތަ | 3:03
އަމަލީ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ ތެރޭގައި ހުޅުވި އަމީނީ މަގުގެ ތާރުގަނޑުގައި 'މުލިހިތަކެއް' ފަދަ, ތަންގަނޑުގަނޑު އުފެދި، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް, ބޮޑު އަނިޔާއެއް ލިބުމުގެ ބިރު ހީވެފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
އަމީނީމަގުގައި, ތާރު އަޅައި, ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަން ފެށީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިިއިރު، އެ މަގުގައި ނުނިމި އޮތީ ފުޑް ކޯޓު ސަރަހައްދުގައި އޮންނަ ސެގްމެންޓް 12އާއި 13އެވެ. އެ މަގުގެ މަސައްކަތް ކުރީ ސަރުކާރުގެ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިންނެވެ.
މި ސަރުކާރުން ނިންމި އަމީނީމަގުގެ ސެގްމެންޓްގެ ތެރެއިން މިހާރު އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވެފައި އޮތީ ދިވެހި ރާއްޖޭގެ އަޑާއި ވިޔަފާރިވެރިންގެ މިސްކިތް ސަރަހައްދަށެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކުގެ ތާރުގަނޑު ވަނީ "މުލިހިތަކެއްހެން" ހިއްލިފައެވެ.