ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑުން މާހިލް ޝަހީމް އިސްތިއުފާ ދެއްވައިފި
ސަން
17 އޯގަސްޓު 2025 | އާދިއްތަ | 4:23
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ޔޫތު އެޑްވައިޒަރީ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިދިޔަ އަހަރު އޮގަސްޓް މަހު އެ ބޯޑަށް އައްޔަންކުރެއްވި މާހިލް, މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ތައުލީމު ހާސިލުކުރައްވައި ނިންމެވުމަށް ފަހު ގައުމަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ.
އިސްތިއުފާއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.