މާމިގިލީ ކައިރީ ޝިޕްރެކެއް ހަދަން، ގާސިމްގެ ބޯޓެއް ތައްޔާރުކުރަމުން ދަނިކޮށް ރޯވެއްޖެ

ސަން

17 އޯގަސްޓު 2025 | އާދިއްތަ | 5:33

އދ. މާމިގިލީ ކައިރިއަށް ފައްތައި، 'ޝިޕްރެކަކަށް' ހަދަން ތައްޔާރުކުރަމުން ދިޔަ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޯޓެއްގައި މިއަދު ރޯވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ، ވިޔަފާރިވެރިޔާ ގާސިމްގެ ވިލާ ޝިޕިން ކުންފުންޏަށް ނިސްބަތްވާ 'ވިލު ބުރު' ކިޔާ ކާގޯ ބޯޓެއްގައެވެ. ރޯވިއިރު ބޯޓު އޮތީ މާމިގިއްޔަށް އެހެލާފައެވެ.

މާމިގިލީ ކައުންސިލްގެ ރައީސް އިމާދު ފާރޫގް 'ސަން'އަށް ވިދާޅުވީ، އެ ބޯޓުގައި ރޯވީ މިއަދުގެ މެންދުރު ފަހު ކަމަށެވެ. ނަމަވެސް، އެހާ ބޮޑަށް އަލިފާން ރޯނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް