މިހާރު ލިބޭ ބައެއް ކަންކަން ހުއްޓައި ރިފޯމް ގެނެސްގެން ނޫނީ އިގްތިސޯދު ހަމައަކަށް ނޭޅުވޭނެ: ހަމީދު
ސަން
18 އޯގަސްޓު 2025 | ހޯމަ | 11:04
ދިވެހީންނަށް ޓަކައި ދިވެހީންގެ ބައެއް ކަންކަން ހުއްޓާލަންޖެހޭ ކަމަށާއި، އެ ދުވަސް ނައިސް އިގްތިސޯދު ހަމައަކަށް ނޭޅުވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ވެސް ރިފޯމްތައް ގެނައުމަށް ތާއީދުކުރައްވައިފިއެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްވެ، ބޭރުގެ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކް ދަފަ ތަންތަނުން ވަނީ އާސަންދައާއި، ސަބްސިޑީ ރިފޯމްކުރަން ގޮވާލައިފައެވެ. އެ ގޮތަށް ޕެންޝަން ހިމެނޭހެން ގިނަ ރިފޯމްތަކެއް މި އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. އޭރު ސަރުކާރުގެ އިސްވެރިން ވެސް ވަނީ ޚަރަދު ކުޑަނުކޮށް އަޑިގަނޑުން އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒެއް ނުކުރެވެއެވެ.
ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ރިފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ނަސޭހަތްތެރިވިޔަސް އެކަމެއް ނުކުރެއެވެ.