ތަހުގީގާ މެދު ސުވާލު އުފައްދަވައި، ޝަމްއާން ފްރޭމް ކުރީ ކަމަށް ޔާމީން ތުހުމަތު ކުރައްވައިފި
ސަން
17 އޯގަސްޓު 2025 | އާދިއްތަ | 11:22
ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ފްރޭމް ކުރީ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ރަނގަޅަށް ނުހިންގާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލަ ޝައްމާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމީ ޝައްމާންގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށެވެ. އެއަށްފަހު، މިދިޔަ ޖޫމް މަހުގެ 18ގައި ސުޕްރީމް ކޯޓުން ވެސް ވަނީ އޭނާ ދޫކޮށްލަން ޖެހޭ ހާލަތެއް ނެތް ކަމަށް ތުހުމަތުކޮށްފައެވެ.