އަތޮޅުތަކުން އަންނަ ލޯންޗުތައް ކައިރިކުރާ ސަރަހައްދުގެ މަގު ހަދަން 57 ދުވަހަށް ބަންދުކުރަނީ

ސަން

18 އޯގަސްޓު 2025 | ހޯމަ | 12:13

މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްކުރުމުގެ ގޮތުން ޖުމްހޫރީ މައިދާން ކައިރިން ފެށިގެން މަރުކަޒީ ބޭންކު، އެމްއެމްއޭ ކައިރިން މަގުގެ އެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އޮޑިދޯނިފަހަރު އަޅާފައި އޮންނަ ފަޅު 57 ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެކަމަށް އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މައުޟޫޢުތަށް