ޝައިނިންގ ސްޓާރ ލަވަ މުބާރާތުގެ ޢުމުރުފުރާތަކަށް ބޮޑު ބަދަލެއް

ސަން

18 އޯގަސްޓު 2025 | ހޯމަ | 10:08

ސަން ސިޔާމް މީޑިއާގެ އެސްސްޓީވީ އާއި ޓައިމް އެކަޑަމީ އޮފް ޕަރފޯމިންގ އާޓްސް ގުޅިގެން އިންތިޒާމްކުރާ ކުޑަކުދީންގެ ލަވަކިޔުމުގެ މުބާރާތް - ޝައިނިންގ ސްޓާރ 2025ގެ ޢުމުރު ފުރާތައް ބެހިފައިވާ ގޮތަށް ބަދަލުގެނެސް ބައިވެރިވުމަށް ޝައުޤް ފާޅުކުރަމުންދާ އެތައް ކުދީންނަށް ފުރުޞަތު ތަނަވަސްކޮށްދީފިއެވެ.

މިދިޔަ މިނިވަން ދުވަހު (ޖުލައި 26 ގައި) އިޢުލާންކުރި ޝައިނިންގ ސްޓާރގެ ސީނިއާ ގްރޫޕްގެ ޢުމުރުފުރާ ގައި 1 ޖަނަވަރީ 2025 އަށް 18 އަހަރުފުރި 19 އަހަރު ނުފުރޭ ކުދީންނަށް މިހާރުވަނީ އެ ޢުމުރުފުރާ ފުޅާކޮށްދީފައެވެ. މިކަން މިގޮތަށް ހެދި ސަބަބެއްކަމުގައި މުބާރާތް އިންތިޒާމް ކުރާފަރާތުން ބުނަނީ، ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދުވެ ސްކޫލް ނިންމާ ޢުމުރުފުރާ ބައެއް ދަރިވަރުންނަށް ފަސްވެފައިވާތީ، އެފަދަ ދަރިވަރުންނަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި ބަދަލުގެ އިތުރުން، މުޅިން އާ ޢުމުރުފުރާއެއް ވަނީ ތަޢާރަފްކޮށްފައެވެ. މުބާރާތުގައި ނާސަރީ ޢުމުރުފުރާ ހިމަނައިދިނުމަށް ވަރަށް ގިނަ ބެލެނިވެރިން އެދެމުންދާތީ، 1 ޖަނަވަރީ 2025 އަށް ތިން އަހަރު ފުރި ހަ އަހަރު ނުފުރޭ ތުއްތު ކުދީންނަށް ނާސަރީ ގްރޫޕްގެ ނަމުގައި ޢުމުރުފުރާއެއް މިހާރުވަނީ ތަޢާރަފްކޮށް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މައުޟޫޢުތަށް