މާމިގިލީގައި އެކްސްރޭ މެޝިނެއް ހުރެ، ޚިދުމަތް ނުފެށި ހަތަރު މަސްވެއްޖެ
ސަން
18 އޯގަސްޓު 2025 | ހޯމަ | 11:42
އދ. މާމިގިލީ ސިއްހީ މަރުކަޒުގައި އެކްސްރޭ މެޝިނެއް ހުރެ، ޚިދުމަތް ނުފަށާ ގިނަ ދުވަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެއްޖެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުން، އެ ރަށު ސިއްހީ މަރުކަޒަށް އެކްސްރޭ މެޝިން ގެންދިޔަތާ މިހާރު ހަތަރު މަސްވެއްޖެއެވެ.
އާބާދީގައި ދެހާހަށް ވުރެން ގިނަ މީހުން ހިމެނޭ, މާމިގިލީ ކައިރީގައި އޮންނަ ރަށްތަކާއި ރިސޯޓުތަކުގެ މީހުން އެ ރަށު ސިއްހީ މަރުކަޒުން ވަރަށް ފަރުވާ ހޯދައެވެ. އެހެންކަމުން އެއީ ގާތްގަނޑަކަށް 5،000އެއްހާ މީހުންނަށް ޚިދުމަތް ދޭ މަރުކަޒެކެވެ.