ނިއުޕޯޓުން ދޭންޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދަން ހުށަހެޅި މައްސަލަ ދައުލަތުން އެދިގެން ބާތިލްކޮށްފި

ސަން

18 އޯގަސްޓު 2025 | ހޯމަ | 3:45

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގި ނިއުޕޯޓު ރެސްޓޯރެންޓުން ބިމު ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދެއްކުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އެދިގެން އެ ކޯޓުން އިއްޔެ ބާތިލްކޮށްފިއެވެ.

ލޮނުޒިޔާރަތްކޮޅުގައި އޮންނަ ބިމުގައި ރެސްޓޯރެންޓެއް އެޅުމަށާއި ފުޓްސަލް ދަނޑެއްގެ އިތުރުން ބްރިޖް ބަލަން ތިބޭނެ ޕްލެޓްފޯމެއް ހަދަން ސަރުކާރުން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރުއެވެ. ނަމަވެސް ކުއްޔާއި ޖޫރިމަނާ ދައްކަމުން ނުދާކަމަށް ބުނެ މިދިޔަ ސަރުކާރުން ވަނީ 2019ވަނަ އަހަރުގެ މާޗުމަހު އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމަށް އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2019ވަނަ އަހަރު ވަނީ ބިން ހުސްކުރުމާ, ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.

މައުޟޫޢުތަށް