އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި 19 ފީޗާ ފިލްމު ވާދަކުރާނެ
ސަން
18 އޯގަސްޓު 2025 | ހޯމަ | 5:06
މި ހަފުތާގައި ބާއްވާ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ), ފިލްމު އެވޯޑްސް 2024ގައި ވާދަކުރަން 19 ފީޗާ ފިލްމު ހުށަހަޅައިފިއެވެ.
ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި ވާދަކުރަނީ 2019 އިން ފެށިގެން 2023ގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކެވެ.
އެ މުއްދަތުގެ ތެރޭގައި ވެސް ދިވެހީންގެ މަގުބޫލުކަން ހޯދި ފިލްމުތައް ނެރެފައިވެއެވެ.