އެކި ގައުމުތަކުގެ މަޝްހޫރު ފަންނާނުން ހިމެނޭ 'ބިޔޯންޑް މިއުޒިކް'އާ އަދުހަމް ގުޅިއްޖެ

ސަން

18 އޯގަސްޓު 2025 | ހޯމަ | 9:42

ބައިނަލްއަގްވާމީ މިއުޒިކް ޕްލެޓްފޯމެއް ކަމަށްވާ 'ބިޔޯންޑް މިއުޒިކް'އާ ޓޫއޮފްއަސް ބޭންޑުގެ ލީޑް ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް ގުޅިއްޖެއެވެ.

ބިޔޯންޑް މިއުޒިކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕްރޮފެޝަނަލް މިއުޒީޝަނުންނާއި، ލަވަކިޔުންތެރިންނާއި، ލަވަ ކޮމްޕޯޒަރުން ގުޅިގެން ތަފާތު ސަގާފަތްތަކާއި ޖޯންރާތަކުގެ އޮރިޖިނަލް މިއުޒިކް އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ދައުވަތު ދޭ ޕްލެޓްފޯމެކެވެ.

ގްރެމީ އެވޯޑު ހޯދާފައިވާ އެތައް ޕްރޮޑިއުސަރުންނެއް މަސައްކަތްކުރާ ބިޔޯންޑް މިއުޒިކް ޕްލެޓްފޯމުން އެންމެ ފަހުން ވަނީ 'ވޮލިއުމް.4 - ސޯޝަލް ޗޭންޖު' ލޯންޗުކޮށްފައެވެ. އެއީ 41 ގައުމަކުން 78 އާޓިސްޓުން ބައިވެރިވެ، އުފައްދާފައިވާ 23 ލަވަ ހިމެނޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ގެސްޓް އާޓިސްޓުންގެ ތެރޭގައި މަޝްހޫރު ފަންނާނު ކަމަށްވާ އެންޖެލިކް ކިޑްޖޯ، ފީލްޒް އަދި ވިޔާލާ ހިމެނެއެވެ.

މައުޟޫޢުތަށް