އަދާލަތަށް 20 އަހަރު: އިމްރާން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ޕާޓީ އަބަދުވެސް އޮންނާނެ ކަމަށް

ސަން

18 އޯގަސްޓު 2025 | ހޯމަ | 9:11

އަދާލަތު ޕާޓީއަކީ މީގެ ކުރިން ވެސް ރައްޔިތުންގެ ހައްގުތައް ދިފާއު ކުރި ޕާޓީއެއް ކަމަށާއި އެ މަސައްކަތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް، އެ ޕާޓީއަށް 20 އަހަރުގެ ފުރުމުގެ މުނާސަބަތުގައި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި އިމްރާން ވިދާޅުވީ، 21 ވަނަ ގަރުނު ފެށުނުއިރު ރާއްޖޭގެ ސިޔާސީ ޙާލަތާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެ އުދާސްތައް އިތުރުވި ކަމަށެވެ. އޭރު އުފެދުނު ސިޔާސީ އިސްލާޙީ ހަރަކާތުގެ ފޯރިއާއި އަޑު ގަދަވުމުގެ ސަބަބުން، ރައީސް ކަމުގައި ދިގު މުއްދަތަކަށް ހުންނެވި މައުމޫން އަބްދުލްގައްޔޫމް، ސިޔާސީ ޕާޓީ ހެދުމަށް ހުއްދަ ދެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ހުއްދައާއެކު، އިސްލާމް ދީނުގެ އަގުތަކުގެ މައްޗައް ބިނާކޮށް ސިޔާސީ ޕާޓީއެއް އުފެއްދުމާ މެދު ޢިލްމުވެރިންގެ މެދުގައި ވަރަށް ފުޅާކޮށް މަޝްވަރާކޮށް، ޢަދާލަތު ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި ކަމަށް އިމްރާން ވިދާޅުވިއެވެ.

މައުޟޫޢުތަށް