ކުއްޔަށް ގެންދިޔަ ސްޕީކަރެއް ރައްދުނުކޮށްގެން ތިން ލައްކަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިއްޖެ
ސަން
18 އޯގަސްޓު 2025 | ހޯމަ | 11:32
ކުއްޔަށް ތަކެތި ދޫކުރާ ކުންފުންޏަކުން މީހަކަށް ކުއްޔަށް ދިން ސްޕީކަރެއް އޭނާ ރައްދުނުކުރުމުން، 347،959 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް އެ މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ، މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކު ގޭގައި އޮތް ޕާޓީއަކަށް. ކުއްޔަށް ތަކެތި ދޫކުރާ ކުންފުންޏެއް ކަމަށްވާ "ދަ ރެންޓްއޯލް ކޮމްޕެނީ" އިން ކުއްޔަށް ގެންދިޔަ ޖޭބީއެލް ސްޕީކަރަކާއި، މައިކަކާ އަނބުރާ ރައްދު ނުކޮށްގެން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ހުކުމް ހޯމަ ދުވަހު ސިވިލް ކޯޓުން ކުރީ ދައުވާ ރައްދުވާ މީހާގެ ޣައިރު ހާޒިރުގައެވެ. އެއީ، ދައުވާއާ ގުޅޭ ލިޔުންތަކާ ހަވާލުވުމަށް ފަހުވެސް ކޯޓަށް ހާޒިރު ނުވުމުންނެވެ.