ޚަލީލް 'އިންޑިއާ އައުޓް' ޓީޝާޓެއްގައި ހުންނެވި ފޮޓޯއަކާއެކު، އިތުރުފުޅު ހެއްދެވިކަމަށް ބުނާ މައްސަލައެއް މަޖިލީހަށް

ސަން

18 އޯގަސްޓު 2025 | ހޯމަ | 10:42

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް 'އިންޑިއާ އައުޓް' ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމުން އެއީ އިތުރުފުޅެއް ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމް މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިދިޔަ ބުދަ ދުވަހު ޚަލީލް ވަޑައިގަތުމުން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، "އިންޑިއާ އައުޓް" ކެމްޕެއިންގައި އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ވަޒީރު ހުންނެވިންތޯ އާއި އިންޑިއާއާ އެކީ ޚާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވިތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލް ވަނީ އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް