މިނިސްޓަރުގެ ނަސޭހަތެއް: ނަތީޖާ ދަށްވިޔަސް، ކިޔެވުން ހުއްޓާނުލާ!

ސަން

19 އޯގަސްޓު 2025 | އަންގާރަ | 10:01

ދަށް ނަތީޖާއެއް ލިބުނު ނަމަވެސް އެއީ ކިޔެވުން ދޫކޮށްލާ ސަބަބަކަށް ނުހެދުމަށް އެދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މިނިސްޓަރު އެފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވިއިރު މިއަދު އޯ-ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރާނެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަރިވަރުންނަށް އެޑްރެސްކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދު ސާނަވީ މަރުހަލާ ނިންމި ދަރިވަރުންގެ ނަތީޖާ ދޫކުރާނެ ކަމަށާއި ދަރިވަރުންނަށް ދަންނަވާލަން ބޭނުންވަނީ މަތީ ސާނަވީ މަރުހަލާގައި ކިޔެވުމާ އެކު ކުރިއަށްދިއުމުގެ ތަފާތު މަގުތަކެއް މިހާރު ފަހިވެފައިވާނެކަން ކަމަށެވެ. އަދި، އެ މަގުތަކަކީ އެކަޑަމިކް ޕާތްވޭއާއި، ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ޕާތުވޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި (ވޯކް-ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕާތުވޭއެވެ.

މައުޟޫޢުތަށް